އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެންގުޅުއްވާ ދެ ކުއްޓާގެ ތެރެއިން ހަނގު ކުއްތާ، ވައިޓް ހައުސްގެ ސެކިއުރިޓީ އޭޖެންޓެއްގެ ގައިގައި ދަތް އެޅުމުން އަދަބު ދިނުމަށް ވިލްމިންގްޓަންގައި ހުންނަ ބައިޑެންގެ ގެއަސް ފޮނުވާލައިފި އެވެ.

ބައިޑެން އާއި އަނބިކަނބަލުން ޖިލް، ތިން އަހަރުގެ މި ޖާމަން ޝެފާޑް އެޑޮޕްޓް ކޯށްފައިވަނީ 2018 ވަނަ އަހަރުގު ތެރޭގައި އެނިމަލް ޝެލްޓާއަކުންނެވެ.

ނަން ހާމަކުރުމަށް އެދި މައުލޫމާތު ދިން މީހަކާ ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޯށްފައިވާ ގޮތުން މި ފަހަކަށް އައިސް އެ ކުއްތާގެ ކިބައިން ރުޅިވެރި އަމަލުތައް ކަމަށްވާ ގޮވުމާއި ދަތްއެޅުމާއި ވައިޓްހައުސްގެ މުވައްޒަފުންނާއި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް އުނދަގޫ ކުރުން ހިމެނެ އެވެ.

ރިޕޯޓުތައް ބުނާގޮތުން މިފަހަރު މި ކުއްތާ ހަމަލާދީފައި ވަނީ ސެކިއުރިޓީ ބަލަހައްޓާ މީހަކަށެވެ. އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މި ކަމާ ގުޅިގެން ބައިޑެން ގެންގުޅޭ ދެ ކުއްތާ ވެސް ވަނީ އަނބުރާ ގެއަށް ފޮނުވާލާފަ އެވެ.

ބައިޑެންގެ މޭޖާ ނަމަކަށް ކިޔާ މި ކުއްތާ އަކީ ވައިޓް ހައުސްގައި ދިރިއުޅެން ފެށި ފުރަތަމަ ކުއްތާ އެވެ. މީގެ ކުރިން އެމެރިކާގެ ރައީސަކަށް ހުންނެވި ޑޮނާލްޑް ޓްރަމްޕް އެއްވެސް ދިރޭ އެއްޗެއް ގެންގުޅެފައި ނުވެ އެވެ.