މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މަޖީދީމަގު "ސޮރީ ބޯއިސް" ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމުގެ ރިޕޯޓް ލިބުނީ ރޭ 1:25 ހާއިރު ލިބިފައިވާކަމަށެވެ.
އަނިޔާވެފައި އޮތީ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށްވެސް ފުލުހުން ބުންޏެވެ. އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އެ މީހާ މިއަދު ހެނދުނު 6:19 ހާއިރު ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، މިކަމާގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައިނުވެ އެވެ.
ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހެއް މައާފުކޮށްފި
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް
ހާދަ އިޝްތިހާރެއްްގެ މަންޒަރަކާ ވައްތަރުވާން އެބަ އުޅެޔޭ!! "ސޮރީ ބޯއީސް" ގެ ކުރިމަތީގައި އަނިޔާވެފައި އޮތް ފިރިހެނަކު އޮތުން؟؟؟ ކޮންމެވެސް އަންހެނަކު ދިން އަނިޔާކުރި ކަމަށް ލަފާ ކުރެވޭ؟!؟!؟