އަހަރުތަކަކަށްފަހު އެންމެ ފަހުން ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އެންޖެލީނާ ޖޯލީއާއި ބްރެޑް ޕިޓްގެ ގާނޫނީ ކޯޅުން ނިމުމަކަށް އައިސްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ދާދި ފަހުން އެންޖެލީނާ ވަނީ ބްރެޑްއާ ދެކޮޅަށް ހުށައަޅާފައިވާ ކޯޓު މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
މި މައްސަލައަކީ 2009 ވަނަ އަހަރު ހިނގި ހެލިކޮޕްޓަރު ހާދިސާއާއި އެ ނޫން ވެސް މިލްކިއްޔާތުގެ ބައެއް ކަންކަން ހިމަނައިގެން ހުށައެޅި މައްސަލައެކެވެ.
އެންޖެލީނާ އެ މައްސަލަ އަނބުރާ ގެންގޮސްފައި މިވަނީ އެ ދެތަރިންގެ ކައިވެނި ރަސްމީކޮށް ރޫޅުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
އެންޖެލީނާގެ ގާތް ފަރާތްތަކުން ބުނާ ގޮތުގައި މާޒީގެ ކަންކަމާ ވިސްނުމުގެ ބަދަލުގައި އޭނާ މިހާރު ބޭނުންވަނީ މުސްތަގްބަލަށް ވިސްނަން ކަމަށެވެ.
އެންޖެލީނާ "އަމާން ދޭން" ނިންމުމާއެކު 8 އަހަރަށްވުރެ ގިނަ ދުވަސްވީ އެމީހުންގެ ގާނޫނީ ކޯޅުމަށް ނިމުމެއް އައީ ކަމަށް ބެލެވެ އެވެ.
މި ނިންމުމަށް ބްރެޑްގެ ޓީމުން އަދި ބަހެއް ބުނެފައި ނުވިނަމަވެސް މިއީ ބްރެޑްއަށް ހަމަޖެހުމުގެ ނޭވާއެއް ލާން ލިބުނު ފުރުސަތެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!