މިއަދު ޖުމްލަ 110 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 9781 މީހަކު ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެއިން 84 މީހަކު، އަތޮޅުތެރެއިން ދެ މީހަކު، ރިސޯޓްތަކުން ޖުމްލަ 24 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 110 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 21،144 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،539 ގައި މިހާރު ހުރިއިރު 18،534 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މި ބަލީގައި 63 މީހަކު ވަނީ މަރުވެފަ އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 4،459 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. ބާކީ 5،322 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މިހާތަނަށް މުޅި ރާއްޖެއިން 175،456 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެތެރެއިން 99،821 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހީ ޖުމްލަ 75،635 މީހުންނެވެ.