ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލުމާ ގުޅިގެން ރާއްޖޭގައި ކަށުނަމާދު ނުކުރުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވުމުން، ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް، އެ މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދުކުރުން ނޯންނަ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ޝައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ އެގޮތަށް ކަށު ނަމާދު ކުރެވިދާނެ ކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށެވެ. އަދި ޖާއިޒުކަމަށް ދެކޭ އިލްމުވެރިން ވެސް ބުނަކީ ވާޖިބު ކަމެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދީނުގެ އަޅުގަނޑުމެން އަމަލުކުރަންވާނީ ދީނުގައި އޮންނަ އެންމެ ރަނގަޅު ގޮތަށް ކަމަށާއި ކީރިތި ރަސޫލާގެ ސައްހަ ސުންނަތުގައި އޮންނަ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވެފައި ވަނީ ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގައި ކަމަށާއި ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނެތް ކަމަށެވެ. ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެއް ކަމަށާއި ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުއާކުރުން ކަމަށެވެ.
"އުހުދު ހަނގުރާމައިގައި ޝަހީދުވި ސަހާބީންގެ މައްޗަށް ވެސް ރަސޫލާ ކަށުނަމާދު ކުރައްވާފައެއް ނުވޭ. އެ ހަނގުރާމައިގައި އަވަހާރަވި އެ ކަލޭގެފާނުގެ ބޮޑުބޭބޭފުޅު، ހަމްޒަތުގެފާނު އަދި އެހެން ބޭކަލަކު ވަޅުލެއްވުމަށް ވެސް ކަށުނަމާދު ކުރައްވާފައެއް ނުވޭ، ޝަހީދުން ވަޅުލަނީ ނުހިނަވައި، އެމީހުންގެ ލެއާއެކުގައި،" އޭނާ ފާހަގަކުރައްވާފައިވެ އެވެ.
ހަމާސްގެ ކުރީގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާގެ މައްޗަށް ދުނިޔޭގެ އެކި ގައުމުތަކުގައި ކަށުނަމާދު ކުރި އިރު، ރާއްޖޭގެ ގިނަ މިސްކިތްތަކެއް ވެސް އެ ނަމާދު ކުރި އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ކަށުނަމާދު ކުރަން ނިންމާފައި ނުވެ އެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ހަމާސްގެ ދެ ލީޑަރަކު އިޒްރޭލުން ޝަހީދުކޮށްލި އިރުވެސް ސަރުކާރުން އެކަން ކުށްވެރިކޮށް ބަޔާނެއްހާ މިންވަރު ވެސް ނެރެފައެއް ނުވެ އެވެ. ނަމަވެސް މުސްލިމު ބައެއް ގައުމުތަކާއި މުސްލިމް ނޫން ގައުމުތަކުން ވެސް އެކަން ކުށްވެރިކޮށް ބަޔާން ނެރެފައިވެ އެވެ.
ސަހީމަކީ ދެފަހަރު ދެގޮތައް ވާހަކަދައްކާ ރައުޔު ނެރޭމީހެއް ހަނދުމަފުޅުނެތީތޯ ނޮވެމްބަރުތިނެއްގާ ސަހީދުވި ބޭހުޅުންނައްވެސް ނަމާދުކުރެއްވިކަން
މަނިކުފާނުފޮތުގައިނެތަސް ފަލަސްތީނުމީހުން ކަށުނަމާދުކުރޭ ސުވާލަކީ އަރަބިބަހުން ފޮތްބާވައިލެއްވި ޢަރަބީނަށްވުރެ މަނިކުފާނުގެ ޢިލްމީފެންވަރު މަތީތޯއެވެ
ޑރ ޝަހީމް އަކީ ނޫސްވެރިންނަށް ފާޑުކިޔޭވަރަށްވުރެ ދީނީގޮތުން ފުންނާބު އުސް ބޭފުޅެއް. އެމަނިކުފާނު ކަންކުރައްވާނީ އެކަމެއްގައި އޮންނަ އެންމެ ރަނގަޅުގޮތައް.
މަނިކުފާނައް ވުރެ މޮޅެތި މީހުން އެޤަބުރުތައް އެއްކޮށް އަތުރައިގެން އެކުރަނީ ކީއްކަން މަނިކުފާނަކަށް ނޭންގޭތަ