ބައިނަލްއަގްވާމީ ޖައްވީ އިދާރާ، ނާސާގެ މިޝަންއެއްގައި ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް ދަތުރުކުރި ސައިންސްވެރިންތަކަކަށް ގޮތް ނޭނގޭ އުނދަގޫތަކެއް ވާތީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އެބަދެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ގިނަ ދުވަސްތަކެއް ޖައްވުގައި ހޭދަކުރުމަށްފަހު ދުނިޔެއަށް އެނބުރި އައިތާ މާ ގިނައިރެއް ނުވަނީސް އެތަނުން އެއް ސައިންސްވެރިއަކަށް އުނދަގޫތަކެއް ވާތީ ހޮސްޕިޓަލަށް ގެންދެވުނެވެ.
އެހެން ނަމަވެސް ޒާތީ ސަބަބުތަކަށްޓަކައި އެ ސައިންސްވެރިޔާގެ ނަމެއް ނުވަތަ އޭނާއަށް ވަމުން އަންނަ އުނދަގޫތަކުގެ ތަފްސީލެއް ނާސާއިން ހާމަކޮށްފައެއް ނުވެ އެވެ.
"އެ ސައިންސްވެރިޔާގެ ހާލަތު ސްޓޭބަލް. އެކަމަކު އިތުރު ތަހުލީލުތައް ކުރަން މިވަގުތު އޮތީ އޮބްޒަވޭޝަންގައި" ނާސާއިން ބުނެފައިވެ އެވެ.
މި ހާދިސާއާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނާސާއިން ވަނީ އެ މިޝަންގައި ބައިވެރިވި ހުރިހާ ސައިންސްވެރިންގެ މެޑިކަލް ޗެކަޕް ހަދަން ނިންމާފަ އެވެ.
ނާސާއަކީ ސެކިއުރިޓީ ސަބަބުތަކަށްޓަކައި އާއްމުކޮށް އެ އިދާރާގެ މިޝަންތަކުގައި ބައިވެރިވާ ސައިންސްވެރިންގެ ސިއްހީ މައުލޫމާތު އާއްމުކުރާ އިދާރާއެއް ނޫނެވެ.
ކަށިތަކުގެ ދުޅަހެޔޮ ކަމަށް ބޭނުންވަނީ ދުވާލަކު 2 މިނެޓު!
ސިއްހީ ހާލަތެއްގެ ސަބަބުން ނާސާގެ ސައިންސްވެރިންތަކެއް ގެންނަނީ!
"ދުރަންދަރް" މިމަހު 30ގައި ނެޓްފްލިކްސްއަށް އަންނަނީ!