އެންޖެލީނާ ޖޯލީގެ އެންމެ ފަހުގެ ފިލްމު "މަރީއާ" 2025 ވަނަ އަހަރުގެ އޮސްކާ އެވޯޑަށް ވާދަކުރިޔަ ނުދޭން އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓް މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ބްރެޑް ވަނީ އެންޖެލީނާއަށް ނަފްރަތުކުރާ ބައެއް މީހުންނާ އެއްވެގެން "މަރިއާ" އޮސްކާއަށް ދިއުމަށް އޮތް ފުރުސަތު ހަނިކުރަން މަސައްކަތް ކޮށްފަ އެވެ.
އެގޮތުން މިކަމުގައި ބްރެޑްގެ ކުރީގެ އަންހެނުން ޖެނިފާ އެނިސްޓަންގެ ބައިވެރިވުން ވެސް އެބައޮތް ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.
އެގޮތުން ބްރެޑްއާއި ޖެނިފާ އެކުވެ އެންޖެލީނާ ދެކެ ރުޅިއަންނަަ ހޮލީވުޑްގެ އެހެން ތަރިން އެއްކޮށް އެކަމުގައި ބައިވެރި ކުރަމުން އަންނަ ކަމަށްވެސްވެ އެވެ.
ވެނިސް ފިލްމު ފެސްޓިވަލްގައި އާއްމުކޮށް ރިލީޒް ކުރެވުނު ފިލްމު "މަރީއާ"ގައި އެންޖެލީނާ ދައްކުވައިދިން ރޯލަށް ގިނަ ބައެއްގެ ތައުރީފު ލިބުނުއިރު އެ ރޯލަށް އޮސްކާގެ ބެސްޓް އެކްޓްރެސް އެވޯޑްގެ ނޮމިނޭޝަންއެއް ލިބޭނެ ކަމަށް ބެލެވުނެވެ.
2014 ން 2019 އަށް ކައިވެނި ކޮށްގެން އުޅުމަށްފަހު ވަރިވި އެންޖެލީނާއާއި ބްރެޑްގެ ގުޅުން ހިތިވެ ދެ މީހުންގެ މެދުގައި ނަފްރަތާއި ދެކޮޅުވެރިކަން މިހާރު ވަނީ އުފެދިފަ އެވެ.