ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ބޮލުގައި މަރުތޭލަކުން ޖަހައި, ހަމަލާދިން މައްސަލާގައި ދައުވާކުރި އިބްރާހިމް އަބްދުالله ގައްބަރޭ އާއި އިތުރު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރުތޭލަކުންޒަރީރުގެ ބޮލަށް ހަމަލާދިނުމުން ޒަރީރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
އެ މައްސަލާގައި ދައުވާކުރީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ ދީފްރަމްގޭ އަހުމަދު އަވްޝަމާއި މ. ތާޖް މުލާއިމް މުހައްމަދު މައްޗަށެވެ.
އެ މައްސަލާގައި ގައްބަރޭގެ މައްޗަށް ކުރީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކުރިއިރު, އަވްޝަމާއި މުލާއިމްގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު ޒަރީރަށް ހަމަލާ ދިނުމުގައި އެ ތިން މީހުން ބައިވެރިވިކަން ސާބިތުވާ ހެއްކެއް ނެތް ކަމަށެވެ. އަދި ވީޑިއޯ ފުޓޭޖްތަކުން އެއީ އެ މީހުންކަން ކަށަވަރު ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ގައްބަރޭއަކީ 2007 ވަނަ އަހަރު މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ. ނަމަވެސް އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެ އެވެ.
ކުށް ވަންހަނާނުވާނެ ދުވަހެއްވޭ އެދުވަހައްބިރުވެތިވޭ އެދުވަހުން ތޮޔަކުދިންގެ ބޮރުދެއްކުމަކައް ސިހޭނެ ފަނޑިއާރަކުވެސް ހެކިވެރިއެއްވެސް ނުުުހުންނާނެ އެހޯވާނެ މެމްބަރެއްވެސް ވަކީލެއްވެސްނުވާނެ