ޒާތީ ދިރިއުޅުމުގައި ގިނަ ކަންތައްތަކެއް ކުރިމަތިވި އަހަރަކަށްފަހު ކުރިއަށް އޮތް ޗުއްޓީގެ މޫސުމަށް ކެތްމަދުވެފައިވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް "ޖޭލޯ" ބުނެފި އެވެ.
ޕީޕަލްސް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ޖޭލޯ ބުނީ މިއަހަރަކީ އޭނާއާއި އޭނާގެ އާއިލާއަށް ވަރަށް ހާސްކަން ބޮޑު އަހަރެއް ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ޗުއްޓީއަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޭނާގެ ދަރިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަން ބޭނުންވާ ކަމަށާއި ޗުއްޓީގެ މޫސުމަކީ އާއިލީ ގުޅުންތައް ރަނގަޅު ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ޖޭލޯ ބުންޏެވެ.
"އަހަރުމެންނަކީ އަހަރުގެ ހުރިހާ ދުވަހެއްގައި ބައްދަލުވާ މީހުންނެއް ނޫން. އެހެންވީމަ ޗުއްޓީއަކީ އެކަކު އަނެކަކުގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭން ލިބޭ ފުރުސަތެއް،" ޖޭލޯ ބުންޏެވެ.
މުޅި އަހަރު ތެރޭގައި އޭނާގެ ޝެޑިއުލް "ފުރިފައި" އޮންނަ ނަމަވެސް ޗުއްޓީއަކީ މަސައްކަތްތައް މަޑު ޖައްސާލައި އަމިއްލަ މީހާއަށް ވަގުތު ހުސްކުރަން އޭނާ ބޭނުންކުރާ ދުވަސްތަކެއް ކަމަށް ވެސް ޖޭލޯ ފާހަގަކުރި އެވެ.
ޖޭލޯއާ ބެހޭ ގޮތުން އެންމެ ގަދައަށް މިފަހުން ދެކެވުނު ވާހަކައަކީ އޭނާއާއި ބެން އެފްލިކްގެ ކައިވެނީގެ ވާހަކަ އެވެ. އެ ކައިވެނި ހަޑި ގޮތަކަށް ރޫޅި އެ ދެމީހުން މިހާރު ވަނީ ވަކިވެފަ އެވެ.
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި