އިންޑިއަން ސުޕަ ލީގުގެ ފައިނަލްގައި އޭޓީކޭ މޯހަން ބަގާން އަތުން 2-1 އިން މޮޅުވެ، މުމްބާއީ ސިޓީ އެފްސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މިއީ މުމްބާއީ ސުޕަ ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން އޭޓިކޭ އަށް މެޗުގެ 18 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ އޮސްޓްރޭލިއާގެ ފޯވަޑް ޑޭވިޑް ވިލިއަމްސް އެވެ. އެކަމަކު މެޗުގެ 29 ވަނަ މިނިޓުގައި އޭޓީކޭގެ ޓިރީ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު، މެޗުގެ ނަތީޖާ އެއްވަރުވި އެވެ.

މުމްބާއީ މެޗުން މޮޅުުވީ 90 ވަނަ މިިނިޓުގައި ބިޕިން ސިންގް ޖެހި ލަނޑުންނެވެ.

މި އަހަރުގެ އިންޑިއަން ސުޕަ ލީގުގެ ލީގު ބުރުގެ ޗެމްޕިއަންކަން ވެސް ހޯދީ މުމްބާއީންނެެވެ.