މޭގަން އާއި ހެރީގެ އިންޓަވިއުއަށް ފަހު ކޭޓް މިޑްލްޓަންގެ އެންމެ ފުރަތަމަ ފެނިލުމުގައި އޭނާ ލައިގެން ހުރި ފިޔާތޮށި ކުލައިގެ ހެދުމަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.
ސައިކޮލޮޖިސްޓުން ބުނާގޮތުން އިންޓަވިއުއަށް ފަހު ފުރަތަމަ އާންމުންގެ ތެރެއަށް ނިކުތް އިރު ފިޔާތޮށި ކުލައިގެ ހެދުމެއް ލުމުގެ ބޭނުމަކީ "ހިތްހެޔޮ" ކަން ދެއްކުމެވެ.
އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން އާންމުވި މޭގަންގެ އިންޓަވިއުގައި އޭނާ ހާމަކުރިގޮތުގައި ކައިވެނީގެ ހަފްލާގައި ފްލާވާ ގާލްގެ ހެދުމާއި މެދު ކޭޓް ހިތްހަމަ ނުޖެހުމުން ރޮވުނު ކަމަށެވެ.
އެހެން ބުނެފައި އޮއްވާ އާންމުންގެ ތެރެއަށް ނިކުތް އިރު ކޭޓްގެ ބޭނުމަކަށްވީ ރުޅިވެރިކަމެއް ނުދައްކާ ވީހާވެސް ހިތްހެޔޮކަން ދެއްކުމަށް ކަމަށް ސައިކޮލޮޖިސްޓުން ބުނެ އެވެ.
މެގަން ދިން އިންޓަވިއުއާ ގުޅިގެން ޝާހީ އާއިލާގެ ތެރޭގައި ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އުފެދިފަ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
މިސައިލް ޕްރޮގްރާމާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރާނެ: އީރާން
ނުކުޅެދޭ މީހުންގެ އިނާޔަތް ޖަމާވުން ލަސްވާ މައްސަލަ މަޖިލީހަށް
