މާފަންނުގެ ގެއެއްގެ 10 ވަނަ ބުރީގައި މިރޭ ރޯވި އަލިފާން ސިފައިން ނިއްވާލައިފި އެވެ.
މިރޭ ރޯވީ މ. ނިޔަދުރުމާގޭގެ 10 ވަނަ ބުރީގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް އެގެއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ ގުދަނެއްގައި ކަމަށެވެ. އެ މައުލޫމާތު 17:55 ގައި ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން 19:45 ގައި އަލިފާން ނިއްވާލެވިފައިވާ ކަމަށެވެ.
އަލިފާން ރޯވެފައިވާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އިމާރާތުގެ 10 ވަނަ ބުރީގައި ހުރީ ވަރަށް ބޮޑަށް އަލިފާން ހިފާފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގިގެ ހުންނަ ސަރަހައްދުގައި ސިފައިންގެ އިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުންގެ ގިނަ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދެނީ
ލިއަމްގެ މަރުގެ ތުހުމަތު އެޅުވުމުން ސައިމަންގެ ހޫނު ރައްދެއް!
ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ
