ރައީސް ޑރ. މުހައްމަދު ސަރުކާރުން ފާޅުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާއިރު، އެކަން ކުށްވެރިނުކުރާ މައްސަލާގައި ކުރީގެ ނައިބު ރައީސް އިސްލާމީ މަރުކަޒުގެ އިމާމު ޝެއިޚް މުހައްމަދު ލަތީފަށް ވަރަސް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުން ކުރާ ކޮރަޕްޝަންގެ އަމަލުތައް ޝެއިޚް ލަތީފް ކުށްވެރި ނުކުރައްވަނީ ވަޒީފާގެ ދަހިވެތިކަމުގައިތޯ ސުވާލު ކުރައްވާފަ އެވެ.
ރައީސް މުއިއްޒުގެ ގެކޮޅު ކަމަށްވާ ދިމްޔާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަހުން މަހަށް ފައިސާ ބެހި މައްސަލަ ހެއްކާއެކު "އަދަދު" ނޫހުން ގެނެސްދީފައިވާއިރު، އެއީ ނޭނގި ހިނގާ ކަމެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
"މި ބޭފުޅުން މިވިދާޅުވަނީ ކީކޭބާ؟ ދައުލަތުގެ ވެރިމީހާ ސީދާ ގެކޮޅުން ރިޝްވަތު ބަހާއިރު އެއީވެސް ދައުލަތުގެ ތެރެއިން ނޭނގި ހިނގާ ކަމެކޭތޯ؟،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ޝެއިޚް ލަތީފަކީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޮޑުބޭބެ އެވެ. ސާޖިދާ ކަރޯކޭ ކުޅުއްވާ ވީޑިއޯ އާންމުވުމުންނާއި ފިރިހެނުންނާ ސަލާންކުރާ މަންޒަރު ޓީވީތަކުން ފެންނަމުންދާއިރު، އެކަމާ މެދު ޝެއިޚް ލަތީފް ބަހެއް ނުބުނާތީ ވެސް ޖަމީލް ފާޑުވިދާޅުވި އެވެ.
ޖަމީލް ވަނީ ލާދީނީ ވަނީ ވަކި ބަޔަކު ވެރިކަމުގައި ތިބުމުންތޯ ވެސް ޝެއިޚް ލަތީފާ ސުވާލުކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މިގައުމުގައި އޮތީ އިސްލާމްދީން ކަމަށެވެ. އެހެންކަމުން ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ދީނީގޮތުން ހަރާމް ކުރައްވާފައިވާ ކަންކަމާއި ހަރާމް ކުރައްވާފައިވާ ކަންކަން ބަދަލުވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނިމިދިޔަ ސަރުކާރުގެ ބައެއް މައްސަލައް ފެންމަތިވުމުން ގުރުއާނާއި ހަދީސް އިން މިސާލު ދައްކަވައި އެކަންކަން ކުށްވެރިކޮށް ޝެއިޚް ލަތީފް ފާޑުވިދާޅުވެފައިވެ އެވެ. ނަމަވެސް މި ސަރުކާރުން ކޮރަޕްޝަންގެ އެތަކެއް އަމަލުތަކެއް ހިންގަމުން އަންނައިރު ވެސް އޭނާ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.
މިސަރުކާރައް ޖެެއްސުން ކުރުމުގެ ގޮތުން ޖަމީލުމެން އަޑީގައި ތިބެގެން ހުރިހާ ސަކަރާތެއް ޖަހާފާ ދެން ގައުމުގައި ފިތުނަ އުފައްދަން ކޮންވާހަކަތަކެއް މިދައްކަނީ.
ރިޕްލައި