އުމްރާގެ އަޅުކަމަށް ގޮސްއުޅެނިކޮށް އިއްޔެ ގެއްލުނު މީހާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ޔަލަމްލަމް ހައްޖު އެންޑް ޢުމްރާ ގުރޫޕާއެކު ސައުދީ އަރަބިއްޔާއަށް ދިޔަ ޏ. ފުވައްމުލައް، ސްޓެއްލާ، ހުސައިން މުހައްމަދު ދީދީ 63، އެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް އޭނާ ސައުދީއަށް ދިޔައީ ހުކުރު ދުވަހު އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ވިދާޅުވީ ޔަލަމްލަމް ކުންފުނިން އުމްރާއަށް ގޮސް ހުއްޓައި ގެއްލުނު އުމްރާވެރިޔާ މިހާރު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ ހުސައިން ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަކުރި ފަހުން ކަމަށެވެ. އޭރު އޭނާ ހުރީ އިހުރާމުގައި ކަމަށާއި ކަރުގައި ޔަލަމްލަމް ގްރޫޕުގެ ފާސް ވެސް އަޅާފައި އޮތް ކަމަށް ވެސް އެ ގްރޫޕުން ބުނެފައިވެ އެވެ.
ޓްރަމްޕް ޓްރަކްގައި ފިއްލެވުމުން އީރާނުން މަލާމާތް ކުރަނީ
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!
ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ޝާހިދު މާދަމާ އައްޑުއަށް