ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުން އިތުރު 145 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 104 މީހެކެވެ. އަދި އަތޮޅު ތެރެއިން 21 މީހަކާއި ރިސޯޓްތަކުން 14 މީހަކާއި ސަފާރީ އުޅަނދަކުން ފަސް މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށަކުން ވެސް މީހަކު ޕޮޒިޓިވްވި އެވެ.

މިއަދުގެ 145 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 22،292 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،447 ގައި މިހާރު ހުރިއިރު773642 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު ވެސް މާލެއިން ވެކްސިން ދިނުން ކުރިއަަށް ގެންގޮސްފައެއް ނުވެއެވެ. އަތޮޅުތަކުން ޖުމްލަ 449 މީހަކަށް މިއަދު ވެކްސިން ދީފައިވެ އެވެ.