ކަސްޓަމްސްގެ އޮފިސަރުން ބައެއް ބޮޑެތި ވިޔަފާރިވެރިންނާ ގުޅިގެން ޑިއުޓީ މަކަރު ހަދައި އޮޅުވާލުމަށް އެހީތެރިވާ ކަމަށް ވާހަކަދެކެވޭ. ނަމަވެސް މިހާތަނަށް އެފަދަ މައްސަލައެއް ބަލައި އެއްވެސް ބަޔަކާ މެދު ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވޭ. ކަސްޓަމްސްގެ އިސް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާ ބައެއް މީހުންގެ އަތުގައި އަގު ބޮޑު ވެހިކަލްތަކާއި އަގުބޮޑު އެޕާޓްމަންޓްގެ އިތުރުން މާލޭގައި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ވެސް ހިންގާ.

ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ ކަސްޓަމްސް އިދާރާގެ އޮފިސަރުންތަކެއްގެ އެކައުންޓުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.

ކަސްޓަމްސްގެ އޮފިސަރުން ބައެއް ބޮޑެތި ވިޔަފާރިވެރިންނާ ގުޅިގެން ޑިއުޓީ މަކަރު ހަދައި އޮޅުވާލުމަށް އެހީތެރިވާ ކަމަށް ވާހަކަދެކެވެ އެވެ. ނަމަވެސް މިހާތަނަށް އެފަދަ މައްސަލައެއް ބަލައި އެއްވެސް ބަޔަކާ މެދު ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެ އެވެ.

ކަސްޓަމްސްގެ އިސް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާ ބައެއް މީހުންގެ އަތުގައި އަގު ބޮޑު ވެހިކަލްތަކާއި އަގުބޮޑު އެޕާޓްމަންޓްގެ އިތުރުން މާލޭގައި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ވެސް ހިންގަ އެވެ.

އިމްޕޯޓު ޑިއުޓީ އަށް ދައުލަތަށް ފައިސާ ނެގުމުގެ ތެރޭގައި ރިޝްވަތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅުން ހުރެގެން ކަސްޓަމްސްގެ ތިން އޮފިސަރެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް އެނގިފައިވެ އެވެ.

އެކަމަކު، ރިޝްވަތުގެ މި ތުހުމަތުގައި ކަސްޓަމްސްގެ ގިނަ އޮފިސަރުން ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް މި ވަގުތު ތަހުގީގު ކުރިއަށް ގެންދަނީ ތިން މީހެއްގެ ކަމަށްވެ އެވެ.

ތަހުގީގު ހިނގަމުންދާތީ ކަސްޓަމްސް މިމައްސަލައިގައި ވާހަަކައެއް ނުދެއްކި އެވެ.

ފުލުހުން މިއަދު ބުނީ ކަސްޓަމްސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން އާއި ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން މިދިޔަ އަހަރުގެ އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު ފުލުހުން ވެސް އިތުރަށް މިމައްސަލާގައި ތަފްސީލެއް ނުދިނެވެ.

މިމައްސަލައާއި ގުޅިގެން ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ޖަލުތަކަށް ޑްރަގާއި ފޯނު އަދި އެނޫން ވެސް ބައެއް ތަކެތި ފައިސާ ނަގައިގެން ވައްދާ މައްސަލައެއްގައި ދާދި ފަހުން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއް ވެސް ހައްޔަރުކުރި އެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން ބައެއް މީހުންނާ އެކިއެކި ޑީލް ހަދައިގެން ސަރުކާރުން ވަނީ ދޫކޮށްލައިފަ އެވެ.