އެޗްޑީސީގެ މާކެޓިން ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުކަން ދީފައިވާ މަލްޝާ ޝަރީފް ކުންފުނިތަކުގެ އާންމު އުސޫލުތަކާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެއްޖެ އެވެ.
މަލްޝާ ވަނީ މީގެކުރިން އުތުރުގެ ބައެއް ރަށްތަކަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅެއްގައި ވެސް ރަސްމީ މަސައްކަތު ދުވަސްތަކެއްގައި ބައިވެރިވެފަ އެވެ.
އެޗްޑީސީން 33،000 ރުފިޔާގެ މުސާރައެއް ލިބޭ މަލްޝާ ކުރާ ކަމަކީ ރައީސް މުއިއްޒު ރަށްރަށް ވަޑައިގަތުމުން އެމަނިކުފާނުގެ އެކި މޫވްމަންޓްގެ ވީޑިއޯ ކްލިބް ހަދައި ސޯޝަލް މީޑިގައި ޕޯސްޓު ކުރުމެވެ. އަދި އެމަނިކުފާނަށް ސަނާ ކިޔައި އެކި ލިޔުންތައް ސޯޝަލް މީޑިއާގައި ލިޔެ އެވެ.
ކުންފުނިތަކުގެ މުވައްޒަފުންނަކީ ސިޔާސީ މަގާމްތަކެއްގައި ތިބޭ ބައެއް ނޫނެވެ. ސިޔާސީ މަގާމްތަކަކީ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނެވެ.
މި މުޅި ހަފްތާގައި ޗުއްޓީއެއް ނުނަގައި ރައީސް މުއިއްޒާއެކު މަލްޝާ ދަތުރުކުރަނީ ކުންފުނިތަކުގެ އާންމު އުސޫލާ ހިލާފަށެވެ. ކުންފުނިތަކުގެ މުވައްޒަފުން މިފަދައިން ދަތުރެއްކޮށްފިނަމަ މީގެކުރިން ފިޔަވަޅު އަޅާފައި އެބަހުއްޓެވެ. ވަޒީފާއިން ވެސް ވަކިކޮށްފައި ވެ އެވެ. އެކަމަކު މަލްޝާ ދަތުރުކުރީމަ އެއީ ހުއްދަ ކަމަކަށް ވަނީ އެވެ. އެހެން މުވައްޒަފުން ކުރީމަ ގާނޫނާ ހިލާފު ކަމަކަށްވެ އެވެ.
ބޮޑު މުސާރަ ނަގައިގެން މަސައްކަތެއް ނުކޮށް މަލްޝާ އުޅޭ ކަމަށް ގިނަ ބަޔަކު އަބަދުވެސް ބުނަމުންދެ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުވަސްތައް ބުނެގެން މުސާރަ ލިބޭގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބޭތިއްވުމަށްފަހު ރައީސް މުއިއްޒުގެ އެންގެވުމަށް އޭނާ އިސްތިއުފާ ދިނެވެ އެވެ. އޭގެ ކުޑަކުވަސްކޮޅެއް ފަހުން އެޗްޑީސީން ވަނީ އެ ކުންފުނީގެ މާކެޓިން ޑިޕާޓްމަންޓަށް އެސިސްޓެންޓް ޑިރެކްޓަރަކު ހޯދުމަށް ކުރު މުއްދަތެއް ދީ އިއުލާނެއްކޮށްފަ އެވެ.
އެޗްޑީސީގެ ކޮރަޕްޝަން މައްސަލަތައް ފަޅާއަރުވާލަފައިވާ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ވަނީ އެ އިއުލާންކުރި ދުވަހު އެއީ މަލްޝާއަށް ވަޒީފާދޭން ކޮށްފައިވާ އިއުލާނެއްކަމަށް ބުނެފަ އެވެ. އޭގެ ދުވަސްކޮޅެއްފަހުން ފެނުނީ މަލްޝާއަށް ވަޒީފާދީފައިވާ ތަނެވެ.
ތިކަން އެންމެ ތެދުކޮށް އިގޭނީ ބ. މާޅޮސް ސްކޫލްގެ ތީޗަރ ތޯރިގު އަށް. ނެއްގޭ އެއްވެސް ކަމެއް ނެއް
ރިޕްލައި