ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ.
އެނގިފައިވާގޮތުގައި ޝުއައިބު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ޝުއައިބުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ 23:00ގައި އާސަރަހާ މިސްކިތުގައި އޮންނާނެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝުއައިބު އައްޔަން ކުރެއްވީ މާޗް 26، 2011 ވަނަ ދުވަހު އެވެ. އަދި ރިޓަޔާކުރެއްވީ އޮކްޓޫބަރު 19، 2022 ވަނަ ދުވަހު އެވެ.
ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ޝުއައިބު އަދާކުރެއްވި މަގާމްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި، އާއިލާއާ ބެހޭ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްގާޒީގެ މަގާމު ހިމެނެ އެވެ.
ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި
އަކްޝޭ "ދްރިޝްޔަމް 3"ން ވަކިވެއްޖެ
އެސްއެމްއީ ޑިޖިޓަލްއިން"ވެސަލް ފައިނޭންސިން" ތައާރަފްކޮށްފި
