އިނގިރޭސި ޝާހީ އާއިލާގެ އަމީރު ޕްރިންސް ހެރީއާއި އޭނާގެ އަންހެނުން މޭގަން މާކަލްގެ ކައިވެނި ރޫޅެން އުޅޭ ކަމަށް މީޑިއާގައި އަޑު ފެތުރިއްޖެ އެވެ.
ޕްރިންސް ހެރީއާއި މޭގަންގެ ކައިވެނި ރޫޅެން އުޅޭ ކަމަށް އަޑުތައް ގަދަވެފައި މިވަނީ މޭގަން ލިޔަން ތައްޔާރުވާ ފޮތެއްގެ ސަބަބުންނެވެ.
ބުނެވޭ ގޮތުގައި އެ ފޮތަކީ "ވަރިއަށްފަހު ދިރިއުޅުން ބައްޓަން ކުރާނެ ގޮތް" މި މައުޟޫއަށް މޭގަން ލިޔަން ތައްޔާރު ވަމުން އަންނަ ފޮތެކެވެ. އެއާއެކު އެ ފޮތް އޭނާ ލިޔަނީ އޭނާއާއި ޕްރިންސް ހެރީގެ ކައިވެނީގައި ކުނިޖެހި ވަރިއަކާ ދިމާއަށް މިސްރާބު ޖަހާފައިވާތީ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އެހެން ނަމަވެސް އެ ފޮތް އޭނާ ލިޔަނީ އޭނާގެ އެންމެ ފުރަތަމަ ކައިވެނީގެ ތަޖުރިބާ ހިއްސާކުރަން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.
ޕްރިންސް ހެރީއާއި މޭގަން މާކަލް އިނގިރޭސި ޝާހީ އާއިލާ ދޫކޮށް އެމެރިކާގެ ކެލިފޯނިއާއަށް ބަދަލުވި ފަހުން އެމީހުންގެ ހަޔާތަށް މީޑިއާގެ ސަމާލުކަން އަބަދުވެސް ލިބެ އެވެ.
އީޔޫ އިން ޓެމޫ 297 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
"މޮބްލޭންޑް"އިން ޓޮމް ހާޑީ ބޭރު ކޮށްލީ ކީއްވެ؟