ހޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ކުންފުނި ވާނާ ބްރޯސްއާ ދެކޮޅަށް ލަވަކިޔުންތެރިޔާ ކްރިސް ބްރައުން އަބުރުގެ ދައުވާ އުފުލައިފި އެވެ.
ކްރިސް ވާނާ ބްރޯސްއާއި ޑިސްކަވަރީ ޗެނަލްއާ ދެކޮޅަށް އުފުލާފައިވާ އެ ދައުވާއަކީ ކްރިސްއާ ބެހޭގޮތުން އުފައްދާފައިވާ ޑޮކިއުމެންޓްރީއެއްގައި ދޮގު ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ އުފުލާފައިވާ ދައުވާ އެކެވެ.
ޑިސްކަވަރީގެ އެ ޑޮކިއުމެންޓްރީގައި ކްރިސްއަކީ އަނިޔާވެރި މީހެއް ކަމަށާއި އަންހެނުންނަށް ޖިންސީ ގޯނާކުރާ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"އަހަންނަކީ ރޭޕިސްޓެއް ނޫން. އެ ޑޮކިއުމެންޓްރީގައި އަހަންނާ ބެހޭގޮތުން ދައްކާފައި ވަނީ ހުސް ދޮގު ވާހަކަ" ކްރިސް ބުނެފައިވެ އެވެ.
ކްރިސް ބުނީ އެ ޑޮކިއުމެންޓްރީގެ ސަބަބުން އޭނާގެ ޒާތީ ދިރިއުޅުމަށާއި މަސައްކަތްތަކަށް ވެސް ބުރޫ އަރާފައިވާ ކަމަށެވެ. އެހެން ކަމުން ގެއްލުމުގެ ބަދަލުގައި 500 މިލިއަން ޑޮލަރު ހޯދަން އޭނާ އެދިފައިވެ އެވެ.
ކްރިސްގެ މި ދައުވާއަށް ވާނާ ބްރޯސްގެ ބަހެއް މިހާތަނަށް ލިބިފައިނުވާއިރު މައްސަލައިގެ އަޑުއެހުންތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ބުނެވެ އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދީފި
ސަވާހިލި އަލުން އައްޑޫ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު
އެމެރިކާއާއެކު އަލުން މަޝްވަރާކުރަން އަދި ނުނިންމަން: އީރާން