ރޯލިން ޓޮބޭކޯ ނުވަތަ އޮޅައިގެން ބޭނުންކުރާ ދުންފަތްވެސް ބޭނުން ނުކުރެވޭނެ ކަމަށް ނިންމާ އެތެރެކުރި ޝިޕްމެންޓް ހިފަހައްޓާފައި ބެހެއްޓުމަށްފަހު ނިންމުން ބަދަލުކޮށް ޝިޕްމަންޓްތައް ދޫކޮށްލައިފި އެވެ.
ދުންފަތާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މި މަހު ކުރީކޮޅު ހެލްތް މިނިސްޓްރީން ކަސްޓަމްސްއަށް ވަނީ އޮޅައިގެން ބޭނުންކުރާ ދުންފަތާއި އޮޅަން ބޭނުންކުރާ އާލާތްތައްވެސް ހިފެހެއްޓުމަށް އަންގާފަ އެވެ.
އެނގިފައިވާ ގޮތުގައި ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި އެފަދަ ޝިޕްމަންޓްތައް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ދުންފަތާއި ފިލްޓަރު އަދި އޮޅާ ކަރުދާސް ޝިޕްމަންޓް ދޫކުރި ނަމަވެސް ދުންފަތް އޮޅުމަށް ބޭނުން ކުރާ މެޝިން ފަދަ ތަކެތި ކަސްޓަމްސްއިން އަދި ވެސް ވަނީ ހިފަހައްޓާފަ އެވެ.
ރޯލިން ޓޮބޭކޯގެ ޝިޕްމަންޓްތައް ދޫކޮށްލުމާ އެކު، ރެއިން ފެށިގެން ފިހާރަތަކުގެ ކައިރީގައި ވަނީ ކިއު ހަދާފަ އެވެ.
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި
20 އަހަރު ފަހުން ޖިއޯޖިއޯ އަރްމާނީގެ އާ ރޭންޖެއް "އައިވިލް"
އަންނައުނު ގަތުމުގައި ކުލަތައް އިހުތިޔާރު ކުރާނީ ކިހިނެއް؟