ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ބ. ހިތާދޫ ސްކޫލްގައި އޭސީ ހަރުކުރަން އާންމުންގެ އަތުން ތަކެތި ހޯދަން ނިންމައިފި އެވެ.
ރ. ހުޅުދުއްފާރު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލެއް މި އަހަރުގެ ތެރޭގައި އޭސީ ކުރާނެ ކަމަށެވެ. ނަމަވެސް އޭސީކުރަން ބޭނުންވާ ތަކެތި ހޯދާނީ އާންމުންގެ އަތުން ކަމެއް ނުވަތަ ސަރުކާރުގެ ހަރަދުގައި ކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނިކޮށް ހިތާދޫ ސްކޫލުން މިއަދު ނެރެފައިވާ ހާއްސަ ދެންނެވުމެއްގައި ވަނީ އެ ސްކޫލްގެ ކްލާސްރޫމްތައް އެއާކޯން ކުރުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށެވެ. އެހެންކަމުން އެކަމަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ދެންނެވުމުގައިވެ އެވެ.
އެކަމުގައި މުޖުތަމައުގެ އެންމެހައި ފަރުދުންގެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ސްކޫލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައިވެސް އެ ދެންނެވުމުގައިވެ އެވެ.
"މިކަމުގައި ބައިވެރިވެލެއްވުމުގެ ގޮތުން ފައިސާ ނުވަތަ ތަކެތި ހަދިޔާކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ،" ހިތާދޫ ސްކޫލްގެ ދެންނެވުމުގައިވެ އެވެ.
"ޖޭމްސް ބޮންޑް"ގެ ގޮތުގައި އާ މޫނެއް؟
ދިގު މެދުކެނޑުމަކަށްފަހު މޭގަން ބޮޑު ސްކްރީނަށް!
އަސްމާ މުގައްރިރުކަން ކުރެއްވި ކޮމިޓީން ވަކިކޮށްފި
