އަހަރުގެ އެންމެ ބޮޑު މިއުޒިކް އިވެންޓް އާއްމުންނާ ބައްދަލު ކުރަން ގާތްވެފައިވާއިރު އެ އެވޯޑްސްއާ ބެހޭ ބައެއް ޝައުގުވެރި މައުލޫމާތު ވެސް އަންނަނީ އިންޓަނެޓުގައި ދައުރުވަމުންނެވެ.
އެގޮތުން އެ އެވޯޑްގެ ތާރީހުގައި އެންމެ ގިނަ އެވޯޑް ހޯދާފައިވާ ތަރިއަކީ އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ބިޔޯންސޭ އެވެ.
1959 ވަނަ އަހަރު ދޭން ފެށި ގްރެމީ އެވޯޑްސްގައި އެކި ކެޓަގަރީތަކުން ބިޔޯންސޭއަށް ޖުމްލަ 32 އެވޯޑް ލިބިފައިވެ އެވެ. މިއީ އެއް ތަރިއަކަށް އެންމެ ގިނަ ގްރެމީ އެވޯޑް ލިބުނު އަދަދެވެ.
މިއަހަރުގެ ގްރެމީ އެވޯޑުގައި އެކަނި ވެސް ބިޔޯންސޭއަށް 11 ނޮމިނޭޝަން ލިބިފައިވާއިރު އެ ހަފްލާއަށްފަހު އޭނާއަށް ލިބުނު އެވޯޑުގެ އަދަދު އަނެއްކާވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ބިޔޯންސޭގެ ފަހަތުން ދެވަނައަށް އެންމެ ގިނަ ގްރެމީސް ލިބިފައިވަނީ 25 އެވޯޑްއާއެކު ސްޓީވީ ވޮންޑާ އެވެ. ބިޔޯންސޭގެ ފިރިމީހާ ޖޭޒީއަށް ލިބިފައިވަނީ 24 އެވޯޑާއެކު ލިސްޓުގެ ތިންވަނަ އެވެ.
މިއަހަރުގެ ގްރެމީ އެވޯޑު ބާއްވަން ހަމަޖެހިފައިވަނީ ފެބްރުއަރީ 03 ވާ ހޯމަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 06:00ގަ އެވެ.
ފްރާންސް ގަދަ 16އަށް، ދެ ލަނޑާއެކު އެމްބާޕޭއަށް އިތުރު ރެކޯޑެއް
އަނބިމީހާ މަރާލި މައްސަލާގައި މާވިން 25 އަހަރަށް ޖަލަށް
ޑޮލަރުގެ އަގު ދަށްނުވަނީ ހަރަދު ބޮޑުވުމުން: ނަޝީދު