ކޮވިޑާ ދެކޮޅަށް ހެދި ވެކްސިންގެ ކާމިޔާބީއަށްފަހު، އެމެރިކާގެ ފައިޒާ އިންކޯޕަރޭޝަން އިން އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެހެން ވައިރަސްތަކަށް ވެކްސިން އުފެއްދުމަށް ނިންމައިފި އެވެ.
ފައިޒާއިން ކޮވިޑް ވެކްސިން ހަދާފައިވަނީ ޖަރުމަންގެ ބައޯންޓެކް އެސްއީ އާ ގުޅިގެންނެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި ފައިޒާގެ ޗީފް އެގްޒެކެޓިވް އޮފިސަރު އެލްބާޓް ބޮލާ ހަވާލާދީ ބުނެފައި ވަނީ މިދިޔަ އަހަރު ކޮވިޑް ވެކްސިން އުފެއްދުމުގެ ތެރޭގައި ގިނަ ތަޖުރިބާތަކެއް ލިބުނު ކަމަށެވެ.
ބޭސް އުފައްދާ އެމެރިކާގެ އެ ކުންފުނީގެ އަމާޒަކީ ކޮން ވައިރަހަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެމެރިކާގައި ބޭނުން ކުރުމަށް ހުއްދަދީފައިވާ ފައިޒާ އަދި މޮޑާނާ ކޮވިޑް ވެކްސިން ހަދާފައިވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ.
މި ޓެކްނޮލޮޖީގެ ކާމިޔާބުކަމުގެ ސަބަބުން ބޭސް އުފައްދާ ކުންފުނިތަކުން ބޭހުގެ އެހެން ހިސާބުތަކުގައި ވެސް މި ޓެކްނޮލޮޖީ ބޭނުން ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އަދި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރަން ވެސް ތިބީ ތައްޔާރަށެވެ.
ކޯޓުން ކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އަދީބު ދައްކައިފި
ދަރިވަރުން ކާނާ ވިހަވި މައްސަލަ އެޗްއާރުސީއެމުން މޮނިޓާކުރަނީ
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!
