މާފަންނު ޝީ ބިލްޑިން ގައިރީގައި ގެއެއްގައި މިއަދު ހެނދުނު އަލިފާން ރޯވެއްޖެ އެވެ.
ރޯވެފައިވަނީ މާފަންނު، ޝީ ބިލްޑިން ކުރިމަތީގައި ހުންނަ މ.ހައުސްޕްލާޒާ ގޭގައެވެ. އެ ގެއަކީ މީހުން ނޫޅޭ ގެ އެކެވެ.
އެމްއެންޑީއެފުން ބުނީ މ.ހައުސްޕްލާޒާ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފައިވާ ކަމަށެވެ.
" އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރުއެވެ" އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ގިނަދުވަސް ތަކެއްވަންދެން ފަޅުގެއެއްގެ ގޮތުގައި ހުންނަ މި ގޭގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 31ގައި
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
އިމްރާމް ހާން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރަން އަމުރުކޮށްފި