ވޮޝިންޓަން - (މާޗް 25) - 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ބައިޑެން މިހެން ވިދާޅުވީ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިއީ ރައީސްކަމަށް ވަޑައިގެން ބައިޑެން ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސެވެ.
އުމުރުފުޅުން 78 އަހަރުގެ ބައިޑަން އަކީ އެމެރިކާގެ ތާރީހުގައި ވެސް ރައީސްކަން ކުރައްވާ އެންމެ އުމުރުން ދުވަސްވީ ބޭފުޅާ އެވެ. އަދި ގިނަ މީހުންނަށް ކުރިން ގަބޫލުކުރެވިފައި އޮތީ ބައިޑަން ރައީސްކަން ކުރައްވާނީ ހަތަރު އަހަރުގެ އެންމެ ޓާމެކެވެ. -- ރޮއިޓާސް
އެޕާޓްމެންޓްތަކުގެ ކުލި ޑޮލަރުން ދައްކަން އެންގުން އާންމުވަނީ
ފޭދޫ ސުކޫލުގެ ކެޑޭޓް ކޭމްޕުގެ 31 ދަރިވަރަކު ބަލިވެގެން ފަރުވާދެނީ
ދަރިވަރުން ކާނާ ވިހަވި މައްސަލަ އެޗްއާރުސީއެމުން މޮނިޓާކުރަނީ
