14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުުހުން ބުނީ އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ހައްޔަރު ކުރީ މަރިޔަމް ޒީނާ 23، އާހިޔާ، ހއ. ތުރާކުނު ކަމަށެވެ.
އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެއެއް ބަލައި ފާސްކުރިއިރު، ފެނުނު މަސްތުވާތަކެއްޗާއެކު ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަން ހިންގީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ އުސޫލެއް
މިދުވަސްވަރު ގަވައިދުން ސުކޫލަށް ނުދާ 8،000 ކުދިން
10 މީހުންނާއެކު ބޮސްނިއާ ބަލިކޮށް އެމެރިކާ ގަދަ 16 އަށް
