މި ރޯދަމަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ކޮންމެ އަހަރެއްގެ ރަމަޟާންމަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މިސްކިތްތަކުގައި ހިފުޒުކޮށް ތަރާވީހު ނަމާދުކުރެ އެވެ.
މިއަހަރު މާލެ ސަރަހައްދުގައި ހިފުޒުކޮށް ތަރާވީހު ނަމާދުކުރާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ 16 މިސްކިތަކާއި ހުޅުމާލޭގެ ހަތް މިސްކިތެއްގެ އިތުރުން ވިލިމާލޭގެ އެއް މިސްކިތް ހިމެނެ އެވެ.
ވިލިމާލޭގައި ހިފުޒްކޮށް ތަރާވީހު ނަމާދުކުރާ މަސްޖިދުލް އިޚްލާސްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކިއެކި ރަށްރަށުގައި ވެސް ޙިފުޡްކޮށް ތަރާވީޙް ނަމާދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ނައްތާލާ އުޅަނދުގައި ޖޫރިމަނާ ހުއްޓަސް ރެޖިސްޓްރީ ބާތިލްކުރަނީ
އަލިމަގު އޮޕަރޭޝަނުގަ ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް
އަމާޒަކީ ފަތުރުވެރިކަމުގެ އާމްދަނީ ހަ ބިލިއަނަށް އެރުވުން: ތޯރިގް