ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކުން ނަޖިސް ބޭރުވުމާ ގުޅިގެން ހަތަރު ގެއަކުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެއަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ.
ފެންބޮޑުވެ، ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އިއްޔެ ވަނީ ފެންބޮޑުވެފަ އެވެ. އެންޑީއެމްއޭއިން ބުނީ ކ. ހިންމަފުށި، ކ. ހުރާ އަދި ކ. ގުރައިދޫއަށް އިއްޔެ ވަރަށް ބޯކޮށް ވާރޭވެހުނު ކަމަށެވެ. އަދި ކ. ތުލުސްދޫގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއް ގެތަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ގިނަ އަދަދެއްގެ ގޭގެއަށް ފެންވަންނަމުން ދާތީ، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށް ބުންޏެވެ.
އެގޮތުން ކުރީގެ ހައުސިން މިނިސްޓްރީ ހުރި ބިމުގައި އާއްމު ފަރާތްތަކަށް ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމް އެ އޮތޯރިޓީއާއި ލޯކަލް ގަވަނަންސް މިނިސްޓްރީ ގުޅިގެން ވަނީ ހަމަޖައްސާފަ އެވެ.
ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލަފާކޮށްފަ އެވެ. މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ މާދަމާ އެވެ.

ބޮޑު ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު ކަމަށް ނަޝީދު ވިދާޅުވެއްޖެ
"ނެސްލޭ"ގެ އުފެއްދުންތައް ބޭނުން ކުރުމުން ސްވަރާ ހޫނު ފެނަށް!
ބީއެމްއެލްއަށް 2.5 ބިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް!