މިއަދުގެ ރޯދަ މަލާފަތް ސެގްމެންޓްގައި މި ގެނެސްދެނީ ދިވެހިންގެ މެދުގައި މަގުބޫލު ފޮނި ބާވަތެއް ކަމަށްވާ ރަވާ ބޯކިބާގެ ރެސިޕީ އެވެ.

ބޭނުންވާނެ ތަކެތި

  • 1 ޖޯޑު ރަވާ
  • 4 ޖޯޑު ފެން
  • 1/2 ޖޯޑު ގެރިކިރު
  • 1/4 ޖޯޑު ހަކުރު
  • 1/2 ސައިސަމުސާ މުގުރި ފޮނިތޮށި
  • 1/2 ސައިސަމުސާ މުގުރި ކާފުރުތޮޅި
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ ގިތެޔޮ
  • 1 މޭޒުމަތީ ސަމުސާ ރޯސް އެސެންސް

ތައްޔާރު ކުރާނެ ގޮތް

  1. ތެއްޔަކަށް ރަވާކޮޅު އަޅައި މަޑުގިނީގައި ހަނާ ކޮށްލާށެވެ.
  2. ރަވާކޮޅު ހަނާވުމުން އޭގެ ތެރެއަށް ފެނާއި ހަކުރާއި ގެރިކިރާއި ފޮނިތޮށި އަދި ކާފުރުތޮޅީގެ އިތުރުން އެސެންސްކޮޅު އެއްކޮށްލުމަށްފަހު ގަނޑުވިޔަ ނުދީ ހަލަމުން ގެންދާށެވެ.
  3. ފުށްގަނޑު ރަނގަޅަށް އެއްވުމުން ޓްރޭއަކަށް އަޅައި އެއްފަރާތް ކުރާށެވެ.
  4. އެހެން ތެއްޔެއްގައި ގިތެޔޮ އަޅައިގެން ފިޔާކޮޅު ރަތް ކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.
  5. ރަވާ ފުށްގަނޑާއި ފިޔާކޮޅު ޓްރޭއެއްގައި ރަނގަޅަށް އެއްކޮށްލާށެވެ.
  6. 180 ޑިގްރީއަށް އަވަން ހޫނު ކުރުމަށްފަހު 30 މިނެޓު ވަންދެން އަވަނުގައި ފިހެލާށެވެ.
  7. އަވަނުން ނެގުމަށްފަހު މައްޗަށް ރޯ ފިޔާކޮޅަކާއި ކެޝޫ ފަދަ ނަޓްސްކޮޅެއް ބުރުވާލެވިދާނެ އެވެ.