ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު ގިނަ މީހުންގެ ހިތުގައި އުފެދޭ ވަރަށް އާއްމު ދީނީ ސުވާލުތަކެއް ހުރެ އެވެ. ހުރިހާގެ މި ސެގްމެންޓަކީ އެފަދަ ސުވާލުތަކަށް ދީނީ އިލްމުވެރިން ދެއްވާފައިވާ ޖަވާބު ގެނެސްދޭ ސެގްމެންޓެކެވެ.

މިއީ ވެސް ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ވަރަށް އާއްމު ސުވާލެކެވެ. މިކަމާ ގުޅޭގޮތުން އަހަރުމެންގެ ތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވޭ މެސްވެ އެވެ.

ސުވާލު: ރޯދައަށް ހުރެ ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުން ހުއްދަތަ؟

ޖަވާބު: ރޯދައަށްހުރެ ނިޔަފަތި ކެނޑުމަކީ ހުއްދަ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ރޯދަވެރިޔާގެ ރޯދައަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫނެވެ.

https://www.youtube.com/watch?v=1Nlsvo3Xngs

ރޯދައަށް ހުންނައިރު ނިޔަފަތި ކެނޑުމާއި ހަށިގަނޑުން އިސްތަށި ބޭލުމުގައި ގިނަ ބަޔަކު ފަސްޖެހުނު ނަމަވެސް އެކަމުން ރޯދަ ގެއްލޭނެކަން ހާމަވާ އެއްވެސް ދަލީލެއް ގުރުއާނާއި ސުންނަތުން އައިސްފައެއް ނުވެ އެވެ.

ޖަވާބު ދެއްވީ: ޝެއިޚް އައްސިމް އަލް ޙަކީމް