ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު ތަސްދީގު ނުކުރައްވާ އަލުން ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ރައީސް މި ބިލު އަލުން މަޖިލީހަށް ފޮނުއްވަމުން ވިދާޅުވެފައިވަނީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހު އަވަސް އަރުވާލައިގެނެވެ. އެކަން ކޮށްފައިވަނީ ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެނަމަ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ގުޅިގެން އެކަން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރުމަށް ސްޕްރީމް ކޯޓުން ތައްޔާރުވެފައިވަނިކޮށް، އޭގެ ތިން ގަޑިއިރު ކުރިންނެވެ.
އަދި އޭގެ ކުޑައިރުކޮޅެއް ތެރޭގައި ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ވަނީ ސަސްޕެންޑްވެސް ކޮށްފަ އެވެ.
މިއާއެކު ސަރުކާރުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވަން މަސައްކަތް ކުރާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
މޯލްޑިވް ގޭހުން ވިއްކާ ބޮޑެތި ގޭސް ފުޅިތަކުގެ އަގު ބޮޑުކޮށްފި
"މޭ ވާޕަސް އާއުންގާ"އަށް ސިނަމާތަކުގައި ބޮޑު ތަރުހީބެއް!
ވަގަށް ގެނައި ހާހަކަށް ވުރެ ގިނަ ވޭޕް އަތުލައިގެންފި