ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެއް ކުއްޖަކު ޒަހަމުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިންގާފައި ވަނީ މިރޭ 10:00 ހާއިރު ކަމަށެވެ. އެ މާރާމާރީ ހިންގީ ތުހު ހަތިޔާރު ބޭނުންކޮށްގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ކުއްޖާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދިނުލިބެ އެވެ. އެ މައްސަލައާ ގުޅިގެން ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޑިޒްނީގެ ކުރިއަށް ހުރި ގިނަ ފިލްމުތަކެއް އިއުލާން ކޮށްފި
ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި
އެންމެ ފަހުން ގޯވިންދާގެ ވަރުގަދަ ރައްދެއް އަންހެނުން ސުނީތާއަށް!
