މާލޭ ހެންވޭރުގައި ހުންނަ "މީރުމާ" ހޮޓަލުގެ ވައިގޮޅިން މީހަކު ވެއްޓި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ރޭ މެންދަމު 2:55 ހާއިރު މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ވައިގޮޅިއަށް ވެއްޓުނު މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން އެމީހާ ވައިގޮޅިއަށް ވެއްޓިފައި އޮތް އިރު ކަރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އޭނާގެ ބޮލުގައި ފޮތިގަނޑެއް އަޅާފައި އޮތްއިރު، ބެލެވޭ ގޮތުގައި އޭނާގެ ބޮލަށް ވަނީ އަނިޔާވެފަ އެވެ.
މިކަމާގުޅޭ އިތުރު ތަފްސީލް ފުުލުހުން ހާމަކޮށްފައި ނުވެ އެވެ.