ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 121 މީހަކު ޕޮޒިޓިވްވިއިރު، މިއަދު އެކަނި 2،045 މީހުން ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 49 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތެރެއިން 46 މީހަކާއި ރިސޯޓްތަކުން 12 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 121 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 23،524 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،728 ގައި މިހާރު ހުރިއިރު 20،723 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 776 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖެހީ 1،269 މީހުންނެވެ.

މިހާތަނަށް ޖުމްލަ 232،175 މީހަކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެތެރެއިން 129،069 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތެރެއިން ޖަހާފައި ވަނީ 103،106 މީހުންނެވެ.