ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް ދަށްވެ ލޭ އެޅުމުގައި ދަތިތަކާއި ކުރިމަތިވަމުންދާތީ ތެލެސީމިއާ މީހުންނާއި އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ވެރިންގެ އިސްތިއުފާއަށް ގޮވައި މުޒާހަރާ ކުރުމުން ރައީސް މުހައްމަދު މުއިއްޒު މިއަދު އެތަނުގެ ހާލަތު ބައްލަވަން ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު މިއަދު ހެނދުނު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގައި ތިބި މުވައްޒަފުންނާއި މިވަގުތު ތިބި ޕޭޝަންޓުންގެ ކަންބޮޑުވުންތައް އަޑުއެއްސަވާފައި ވެ އެވެ.
ރޭ ތެލެސީމިއާ ސެންޓަރުގައި އެ މުޒާހަރާ ކުރަން ފެށީ އެ ތަނުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މެނޭޖުމަންޓާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު އެއްވެސް އަލިމަގެއް ނުފެނުމުންނެވެ.
މުޒާހަރާ ކުރި ފަރާތްތަކުން ބުނަމުންދިޔައީ އެ ތަނުން ލިބެން ޖެހޭ ބޭސް ނުލިބި އަދި ލޭއަޅާއިރު ބޭނުންކުރާ ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ޕެކެޓުތަކެއް އުކާލަން ޖެހޭ ކަމަށެވެ.
ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުން ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން، ކަންބޮޑުވުންތަކާއި ގުޅިގެން ކަމަށް ބުނެ ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަން ފެށުމާ އެކު ބައްދަލުވުން ވަނީ މެދުކަނޑާލާފަ އެވެ.
ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހެއް މައާފުކޮށްފި
އިޒްރޭލު ސިފައިން ލުބުނާނު، ސީރިޔާ، ގައްޒާގައި އަބަދުވެސް ތިބޭނެ
ކްރިޕްޓޯ އާމްދަނީގެ ގޮތުގައި ޓްރަމްޕަށް 1.4 ބިލިއަން ޑޮލަރު