ފިތުރު އީދު ނަމާދު މާލެ ސަރަހައްދުގައި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މާލެ ސަރަހައްދުގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާލޭގެ މާފަންނު ސްޓޭޑިއަމާއި ހުޅުމާލޭގެ ސިންތަޓިކް ޓްރެކާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމާއި އަދި ވިލިމާލޭގެ ބޯޅަދަނޑުގަ އެވެ.
މީގެ އިތުރުން މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ މާލެ ސިޓީގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ.
ރާއްޖޭގައި އީދު ނަމާދުކުރަން ފަށާ ގަޑި، މިދިޔަ އަހަރުގެ ފިތުރު އީދުން ފެށިގެން ވަނީ ހެނދުނު 7:00 އަށް އަވަސްކޮށްފަ އެވެ.
އާވާރާޕަން 2: ފުރަތަމަ ދުވަހުން ވެސް ރެކޯޑެއް މުގުރާލައިފި
"ބާބީ 2"ގެ ކުރިމަގު ނޭނގުމެއްގެ ތެރޭގައި!
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!