ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި، ބިދޭސީއެއްގެ އަތުން ވަޒަން ފެނިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
މި މައްސަލައާ ގުޅިގެން އެމީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އިތުރަށް މައްސަލަ ތަހުގީގު ކުރުމަށްޓަކައި ހަ ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އީރާން އަމާންދިނުމަށާއި، އޮމާނަށް ބޮންއަޅާނެ ކަމުގެ އިންޒާރު
ކޮމާޝަލް ޔުނިޓްތަކުގެ ތަފްސީލް ދޭން އެފްޑީސީން ދެކޮޅު ހަދައިފި
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟
