އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ޑރ. އަހްމަދު ޝަމްހީދު ފާޅުކުރައްވައިފި އެވެ.
ޑރ. ޝަމްހީދު މިއަދު ވަނީ އެ ޕާޓީގެ ބައެއް މެންބަރުންނަށް އެކަމާ ގުޅޭގޮތުން މެސެޖެއް ފޮނުވާފަ އެވެ. އެ މެސެޖުގައި ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތުތައް ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަން ވިސްނަމުން އަންނަ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ޖެހިގެން އައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އޭރު އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ.
ޝަމްހީދުގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އެނގިފައިވާ ބޭފުޅުންނަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
އިއުލާންކޮށްގެން ނޫނީ ވަޒީފާ ނުދޭން ރައީސް އަންގަވައިފި
