ގައުމު އިސްލާހުކުރުމުގެ އެންމެހާ ބާރުތައް އޮތީ ހަމައެކަނި މަޖިލިސް މެންބަރުންގެ އަތުގައި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން ކުރިޔަށް ގެންދިއުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވި ގޮތުގައި، ގޯސްކޮށް ކަމެއް ހިނގިޔަސް، އަދި ކޮންމެ މީހަކު ގޯސްކޮށް ކަމެއް ކުރިޔަސް، އެކަމަކަށް ފިޔަވަޅު އެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިކަމުން ސަލާމަތްވެވޭކަށް ނެތް ކަމަށާއި، މި ޒިންމާ ނަގަންޖެހޭނީ މަޖިލިސް މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޯހީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިތްވަރެއް ނެތީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެ އެކަމެއް ނެތިއްޔަކާ މި ގައުމުގައި އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޯހީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިތްވަރެއް ނެތީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެ އެކަމެއް ނެތިއްޔަކާ މި ގައުމުގައި އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،
އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) .

މީގެ އިތުރުން، ސަލީމް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުން ވަނީ އިސްލާހުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދީފަ އެވެ. އަދި ކަންކަން އިސްލާހުކުރަން ޖެހޭނީ މަޖިލިސް މެންބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.