1. ހުސީގެ ކޮންޓެންޓް ބަލާ ފޭންސް ވަރަށް ގިނަދޯ! ހުސީގެ ކުޑަ ތައާރަފެއް ދެވިދާނެތަ؟
ޖަވާބު: ހުސީގެ ކުރު ތައާރަފަކަށް ދަންޏާ ބުނެވޭނީ ހުސީއަށް މިހާރު 29 އަހަރޭ، ދެން އަސްލު ހުސީއަކީ ފުލްޓައިމް ގްރެފިކް ޑިޒައިނަރެއް، އަދި ކްރިއޭޓިވް ރައިޓަރެއް. ދެން ވަރަށް ތަފާތު ކަންކަން ކުރަން، ބައެއް ފަހަރު ފޮޓޯ ވެސް ނަގާ އުޅެން، އަދި މީގެ ތަންކޮޅެއް ކުރިން ޕޮއެޓްރީ ވެސް ލިޔެ ދެ ފޮތެއް ޕަބްލިޝްކޮށްފައި ވާނީ. ކުރުކޮށް ބުނަންޏާ އަސްލު ހުސީއަކީ 'ކްރިއޭޓިވް'އެއް.
2. އަސްލު ކީއްވެ ޓިކްޓޮކް ވީޑިއޯ (ހާއްސަކޮށް ކައްކާ ވީޑިއޯ) ހަދަން ފެށީ؟
ޖަވާބު: އަސްލު ޓިކްޓޮކްގައި ވީޑިއޯ ޕޯސްޓްކުރަން ފެށުނީ ފޫހިވެގެން. އެއީ 2022ގައި، ހުސީ ކިޔަވައި ނިމިގެން މާލެ އައިސް ލިބުނު ފުރަތަމަ ވަޒީފާގައި ވޯކް ފްރޮމް ހޯމް ފުރުސަތެއް ލިބުނީ. ދެން އޭގެ ކުރިން ވެސް ޕެންޑަމިކް ތެރޭގައި އެންމެން ގޭގަ ތިބިއިރު ވެސް ވަރަށް ޓިކްޓޮކްގައި ކޮންޓެންޓް ހަދާ ހިތްވި، އެކަމު ކިޔެވުމުގައި ބިޒީވީމަ އަޅާނުލެވުނީ. ފުރަތަމަ ޝެއާ ކުރަން ފެށީ ވެސް ހުސީގެ ޕޮއެޓްރީ، ދެން ކެއްކުން އަސްލު ފެށުނީ ވަރަށް މަޖާ ގޮތަކަށް. އެއްދުވަހަކު ބަދިގެއަށް ވަންއިރު ވަރަށް ރީތިކޮށް، ވަރަށް އެސްތެޓިކްކޮށް ހުރީ އަވި އަރާފައި، ދެން ހަމަ ކޮންމެސް އެއްޗެއް ކައްކާ ހިތްވީ. އޭރު ފްރިޖުގައި ހުރި ބައިވަރު ކެރެޓް، އެހެންވެ އޭގެން ކެރެޓު ހަލްވާ ހަދާފަ ވީޑިއޯއެއް ޕޯސްޓްކޮށްލީ. އެ ވީޑިއޯއަށް އެއް ދުވަހުން ވަރަށް ބައިވަރު ލައިކްސް ލިބި، މީހުން ވަރަށް ރިކުއެސްޓް ކުރަން ފެށި ފަސޭހަ ރެސިޕީޒް ޝެއާ ކުރަން، އެއީ އަސްލު ކުކިން ކޮންޓެންޓް ފެށުނު ގޮތަކީ.
3. ރާއްޖެ ކަހަލަ ގައުމެއްގައި ފިރިހެނަކު ކައްކާ ވީޑިއޯ ހަދާތަން ވަރަށް ނުފެނޭ. މިކަހަލަ ކޮންޓެންޓް ބަލައިގަންނާނެ ކަމަށް ހީކުރިންތަ؟
ޖަވާބު: އަސްލު ޓިކްޓޮކްގައި ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގައި ކައްކަން ފެއްޓިއިރު ވަރަށް ހީނުކުރަން. ވަރަށް މީހުން އެއްޗެހި ކިޔާނެކަން ދަނެގެން ފެށީ ވެސް. މިހާރު ވެސް ނުކިޔައެއް ނޫން، އެކަމު އެއަށް ވުރެ މާއަޑުގަދަ މި ވީޑިއޯތައް ބަލައިގަންނަ މީހުންގެ. ހުސީ މަގުމަތިން ފެނުނީމަ ވެސް ވަރަށް މީހުން ވާހަކަދައްކާ، ކިޔާދޭނެ މިވެނި ރެސިޕީއެއް ވެސް ހެދީމޭ، ވަރަށް މީރޭ. އެހެންވެ އިނގޭ އަސްލު ވަކި ފިރިހެނަކު ކެއްކިޔަސް ހަމަ ގިނަ ބަޔަކު ބަލައިގަންނަކަން. އަދި ހަމަ އަޑުއިވޭ ވަރަށް ގިނަ ކުޑަކުދިންނަށް މީގެ ޕޮސިޓިވް އިމްޕެއްކްޓެއް ކުރާކަމާ، "ބޯއީޒް ކޭން ކުކް" ކިޔައިގެން ފިރިހެން ކުދިން ވެސް ބަދިގެއަށް ވަނަ ވާހަކާ އިވޭ އެހެންވެ ވަރަށް އުފާވޭ އެގޮތަށް ބަލައިގަންނާތީ.
4. އެންމެ ހަދާހިތްވަނީ ކޮންކަހަލަ ޑިޝްއެއް؟
ޖަވާބު: އަބަދުވެސް ބޮޑަށް ބޭނުންވަނީ ހަމަ ފޮނިއެއްޗެހި ހަދަން. ކޭކެއް އަޅާލާފައި ނޫނީ ޕުޑިންއެއް ކައްކާލަން، އެކަމަކު ހެލްތައް ބަލާފަ އެވަރަކަށް ފޮނި އެއްޗިއްސެއް ނަހަދަން. އެކަމު ހުސީގެ ހިތް އޮންނާނީ އަބަދުވެސް ސްވީޓް ޑިޝަސް އާއެކު.
5. ޓިކްޓޮކް ކޮންޓެންޓް ހަދައިގެން ލައިފްއަށް ބަދަލުތަކެއް އައިތަ؟
ޖަވާބު: ވަރަށް ބޮޑަށް އަސްލު. ކޮންޓެންޓް ކްރިއޭޝަންގައި މިހެން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ އަސްލު، އެކަމު ޓިކްޓޮކް އިން އަލަށް ރަނގަޅު އޯޑިއަންސްއަކާ ޕްލެޓްފޯމެއް ބިލްޑް ކުރެވުނީ މި. އަދިވެސް ގަބޫލެއް ނުކުރަން ހުސީއަކީ އިންފްލުއެންސާއެއް ކަމަށް، އެކަމު ވަރަށް ބައިވަރު ފުރުސަތުތަކެއް އެބަ ލިބިގެންދޭ ތަފާތު މަސައްކަތްތަކެއް ކުރުމަށާ، ވަރަށް ލުކްއަޕް ކުރާ ފަދަ ބްރޭންޑްތަކާއެކު މަސައްކަތް ކުރުމަށް. ޓިކްޓޮކްއާ ނުލާ މިކަންކަން ހަގީގަތަކަށް ނުވީސް އަސްލު.
6. ކޮންކަހަލަ ކޮންޓެންޓެއް އެންމެ އުނދަގުލީ ހަދަން؟
ޖަވާބު: ވަރަށް އުނދަގޫ ވާހަކަ ދައްކާފައި ކޮންޓެންޓް ހަދަން. އަސްލު ބަލާލީމަ ފެންނާނެ، ކުކިންގް ކޮންޓެންޓްގެ އިތުރުން ހަދާ ވީޑިއޯސް ހުންނާނީ ލިޔުންކޮޅެއް ލާފަ. އަދި އެހާ ކޮމްފޮޓަބަލް ނޫނީ ކަންނޭނގެ، އެކަމު ވަރަށް ބޭނުންވޭ ކޮމެޑީ ކޮންޓެންޓް ހަދަން، ކުރިއަށް އޮތް ތަނުގައި ހަމަ ފެނިދާނެ.
7. މެންޓަލް ހެލްތްގެ ކަންކަން ވެސް ހިއްސާކޮށްފައި އެބަހުރިދޯ. ކޮންޓެންޓް ކްރިއޭޝަންގެ ސަބަބުން މެންޓަލް ހެލްތަށް އެއްވެސް ކަހަލަ އަސަަރެއް ކުރިތަ؟
ޖަވާބު: ވަރަށް ބޮޑު އަސަރެއް ކުރި. އާންމު ދިރިއުޅުމަށް އުނދަގޫވާ ވަރަށް. އެއީ އަބަދުވެސް ހުސީއަށް ފޯކަސް ކުރެވެނީ މީހުން ކިޔާ އެއްޗިއްސަށް. ވަރަށް ބުލީ ކުރޭ ކޮމެންޓްސްގައި، ވަރަށް ހަމަ ހަޑިއެއްޗެހި ކިޔާފަ ހުރޭ. އެކަމު މިފަހުން ޓިކްޓޮކްގައި ޕޯސްޓްކުރަން ފައްޓާފައި ހުސީ އަބަދުވެސް ބްލޮކްކުރަން ނެގަޓިވް އަދި ހޭޓް ކޮމެންޓްސް. ހުސީގެ އެއްވެސް ވީޑިއޯއެއްގަ މިހާރު ނުފެންނާނެ އެކަހަލަ ކޮމެންޓެއް، ހަމަ ވަގުތުން ޑިލީޓްކޮށްލަން. އަސްލު އެކަހަލަ ކޮމެންޓް ހުންނާތީ ވެސް ގިނަ މީހުންނަށް ހަމަ އެގޮތަށް އެއްޗެތި ކިޔަން ބާރު ލިބޭ. މިހާރު އެހެންވީމަ ޕޮސިޓިވް އިމްޕެކްޓެއް އެއީ، މިކަހަލަ ކަންކަމާ ކުރިމަތިލާ އެ ޓޮލަރޭޓް ނުކުރުންވެސް އެއީ ވަރަށް ބޮޑު ކަމެއް ހުސީއަށް، ވަރަށް ބޮޑު އެޗީވްމަންޓެއް އަސްލު.
8. ކޮންޓެންޓް ކްރިއޭޝަންއަށް އިންސްޕިރޭޝަން ހޯދަނީ ކިހިނެތް؟
ޖަވާބު: ކުކިން ކޮންޓެންޓަށް އަސްލު ހަމަ ވިސްނަނީ އެންމެ ފަސޭހަކޮށް ގެނެސްދެވޭނެ އެއްޗިސް ކެއްކުމަށް. ދެން ވަރަށް ގިނަ ރައްޓެހިންގެ ފަރާތުން ވެސް ލިބޭ ބައިވަރު އައިޑިއާސް. ހުސީ ވަރަށް އެކްސްޕެރިމެންޓް ކުރާ ހިތްވޭ، އެހެންވެ ހަމަ ބްރެއިންސްޓޯމް ކުރަނީ. ދެން ޓްރެވަލް އަދި އެހެން ކޮންޓެންޓަށް ބަލަނީ އެއިރެއްގަ ޓްރެންޑް ވަނީ ކޮންކަހަލަ ވީޑިއޯތަކެއްކަން. ދެން ޓްރެވަލް ކުރާއިރު ވަރަށް ބޮޑު ސަޕޯޓެއް ލިބޭ ހުސީގެ ބެސްޓް ފްރެންޑް ނަފޫގެ ފަރާތުން، ވީޑިއޯ ޝޫޓްކުރަން ވެސް އަދި ވީޑިއޯ އައިޑިއާޒްއަށް ވެސް އެހެންވެ ޓްރެވަލް ކޮންޓެންޓް އެހާ ރީތީ އަސްލު.
9. ޕޮލިޓިކަލް ކޮންޓެންޓް ހެދުމުގެ ވިސްނުސް އެބަހުރިތަ؟
ޖަވާބު: ހުރިހާ ވައްތަރެއްގެ ކޮންޓެންޓެއް ވެސް ހަދާނަން، އެކަމާ މެދު ނެތް ޝައްކެއް. އަކަމު ޕޮލިޓީކަލް ކޮންޓެންޓެއް އެއްވެސް ގޮތަކަށް ނަހަދާނަން. ވަކި މީހަކު އެންޑޯސްކޮށް ނުވަތަ ވަކި ބަޔަކަށް ބުރަވާ ގޮތަކަށް ޔަގީނުން ވެސް ނަހަދާނަން. އެކަމު ހުސީ ވެސް ބޭނުންކުރާ، ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ނުވަތަ ކަމަކާ ގޫޅޭގޮތުން ހެދިދާނެ، އެކަހަލަ ފުރުސަތެއް ލިބިއްޖެނަމަ.
10. ހުސީއަށް ދެވުނު އެންމެ ރީތި ގައުމަކީ ކޮބާ؟
ޖަވާބު: އެންމެ ރީތީ ގައުމަކަށް މިހާތަނަށް ދެވުނީ ބާލީ، އިންޑޮނޭޝިއާއަށް. ހުސީއަށް ހީވަނީ ބާލީ އެހާ ރީތި މިވީ ކުޑަކޮށް ރަށްފުށު ގޮތެއް ހުންނާތީހެން. ބެންކޮކް ގޮތަށް އެހާ ސީޓީއެއް ނޫން، ވަރަށް އައިލެންޑް ވައިބެއް އަންނަނީ. މަގުތައް ވެސް ކުޑަވެފައި ވަރަށް ޗިލް އަސްލު ބާލީގެ އެކި ހިސާބުތައް. އަނެއްކާވެސް ދާ ހިތްވެފަ މިހިރީ. ވިއެޓްނާމް ވެސް ވަރަށް ރީތި، ހަނޯއީ ހިސާބު، އެހެންވީމަ އަސްލު މި ދެ ގައުމޭ ބުނެވޭނީ.
ހުސީ އިޒް ދަ ބެސްޓް! މީހަކު ކިޔާ އެއްޗަކަށް އަޅާލާނެ ކަމެއް ނެތް، ބާރަށް ކުރިއަށް!!
ރިޕްލައި