އައްޑޫ ސިޓީ ފޭދޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ފޭދޫ ލިންކް ރޯޑްގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓްވި މައްސަލައެއް މިރޭ 19:29 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވި ފޭދޫ، އުލްފަތު، އިބްރާހީމް ޝިޔާޒް، 36، ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި، ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒު،23، ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އައްޑޫ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީގެކުރިން އެތައް ބަޔަކު މަރުވެފައިވެ އެވެ.

މިއަދު ވަނީ ލާމު ލިންކްރޯޑްގައި ހިނގި އެކްސިޑެންޓެއްގައި ވެސް ޒުވާނަކު މަރުވެފަ އެވެ.