މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)ގެ މައްސަލައެއް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ބަލަން ފަށައިފި އެވެ.
މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އެނގިފައިވާ ގޮތުގައި މަދަނީ އަބްދުﷲގެ މައްސަލަ ބަލަނީ ގޭސް ޝިޕްމަންޓަށް އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާތީ އެވެ.
މައްސަލަ ބަލައި ނިމެންދެން ގޭސް ގަތުމުގެ މަސައްކަތް އެސްޓީއޯގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
ރާއްޖެއަށް 1000 މެޓްރިކް ޓަނުގެ ގޭސް ޝިޕްމެންޓެއް ގެނައުމަށް ބޭރުގެ ޕޭޕާ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި 260،000 ޑޮލަރު ދީގެން މޯލްޑިވް ގޭސް އިން ހިންގި ވައްކަމުގެ މައްސަލަ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި "ހުރިހާ" އިން ވަނީ ގެނެސްދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
މާ އަވަހަށް ބަރުދަން ލުއިވުމުގެ ނުރައްކާ ވަރަށް ބޮޑު!
"މޮބްލޭންޑް"އިން ޓޮމް ހާޑީ ބޭރު ކޮށްލީ ކީއްވެ؟
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
