އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެސް މިރޭ މަރުވެއްޖެ އެވެ.

އޭނާ މަރުވީ އިންޑިއާގެ ހޮސްޕިޓަލެއްގައި މިރޭ ފަރުވާދެމުން ދަނިކޮށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ކުރިން ކައިވެނިކޮށްގެން އުޅުނު ދެ މީހުންގެ ހަށިގަނޑުގަ އެވެ.

އެ ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ވެންޓިލޭޓަރުގަައި ފަރުވާދެމުންދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ވަނީ ނިޔާވެފަ އެވެ. އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސެންޓް ފިހުނު ކަމަށާއި ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސެންޓް ފިހިފައިވާ ކަމަށް ބުނެ އެވެ.

މި ދެ މީހުންނަށް ފަރުވާ ދިނުމުގައި އެހީތެރިވުމަށް މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ. ޝައިލާޝް ވީ ރަނާދު ރާއްޖެ ވަޑައިގެންނެވި އެވެ.