ދިވެހި ރާއްޖެއިން 3 ގައުމަކަށް އައްޔަނުކުރާ ނޮން ރެޒިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ސްވިޑަންއާއި ސީޝެލްސް އަދި އޮސްޓްރިއާއަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރުންނަށެވެ.
މި 3 ގައުމަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފަ އެވެ.
އެއަށްފަހު މި މައްސަލައިގެ ވޯޓް ނަގާފައިވާއިރު 3 ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދިނީ 71 މެންބަރުންގެ ވޯޓުންނެވެ.
އެގޮތުން ސްވިޑަންއަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ޖަރުމަންވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރަށް ރުހުން ދިން އިރު ސީޝެލްސްއަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓު ސަފީރުކަމަށް ރުހުންދީފައިވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދަށެވެ. އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓު ސަފީރުކަމަށް ރުހުންދެއްވާފަވަނީ ޖެނިވާގައި ހުންނަ އދ ގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދަށެވެ.
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ގައުމު ހަލަބޮލި ކުރުމަށް އުޅޭތީ ފާރަވެރިވާންޖެހޭ: ރައީސް މުއިއްޒު
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!