އަންނަ މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތައް ކައިރީގައި ދާއިމީ މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިގޮތުން މިނިސްޓާރު ޝަހީމް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވިގެންދާނެ ކަމަށާއި، މިގޮތުން ދާއިމީ 3 ބުރި މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީގައި އަންނަ މަހު ފަހުކޮޅު ހުޅުވިގެންދާނެ ކަމަށެވެ. މިއީ 3000އެއްހާ މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތަކުގެ މަސައްކަތްތައް ނިންމުމެވެ.
ބްރިޓްނީ އެންމެ ފަހުން ރިހެބަށް ފޮނުވާލައިފި
ވީއައިއޭގެ އަހަރީ ދުވަސް ފާހަގަކުރަން 100 ފޫޓުގެ ކޭކެއް ފަޅައިފި
ހޯރްމުޒް މިނިވަންކަން ދަމަހައްޓަން ޗައިނާ ވެސް އީރާނާ އެކު