ހދ. ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީ ފޭސްބުކް އެކައުންޓުން ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ކެމްޕެއިނާ ގުޅޭ ޕޯސްޓުތަކެއް ކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކުޅުކުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީ ފޭސްބުކް އެކައުންޓުން މިއަދު ވަނީ، އެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު ކަމަށްވާ މުހައްމަދު އާތިފްގެ ކެމްޕްއިނަށް ބޭނުންކުރާ ލަވައެއްގެ ތަންކޮޅެއް ހިއްސާކޮށްފަ އެވެ. އަދި އެޕޯސްޓުގައި އެމްޑީޕީގެ ޕޯސްޓަރު ހަރުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ނަގާފައިފާ ފޮޓޯއެއްވެސް ހިއްސާކޮށްފައިވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުުގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓް

ސަރުކާރުގެ އިދާރާއެއްގެ ރަސްމީ އެކައުންޓަކުން ޕާޓީގެ ކެމްޕައިނާއި ގުޅޭ ޕޯސްޓެއް ހިއްސާކުރުމުން ގިނަ ބަޔަކުދަނީ އެކަމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައްރިތުންގެ ފާޑުކިޔުން އަމާޒުވުމާއެކު އެޕޯސްޓްވަނީ ފޭސްބުކުން ފޮހެލާފަ އެވެ. އެހެން ނަމަވެސް، އެ ޕޯސްޓްގެ ސްކްރީންޝޮޓްތައް ދަނީ ސޯޝަލްމީޑީއާގައި ދައުރުވަމުންނެވެ.

"ދިޔަރެސް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ އަހުމަދު ދާވޫދަކީ މިއާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި ވަރަށް އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އަދި މީގެ ސަބަބުން އެ ހޮސްޕިޓަލަކީ މިހާރު މިހާރު ސިޔާސީ އައްޑާއަކަށް ވެފައިވާކަމުގެ ޝަކުވާ އެރަށުގެ މީހުންދަނީ ކުރަމުންކަމަށް ބުނެފައިވެ އެވެ.