މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އޭސީސީ އިން އިސް ނަގައިގެން ހިންގާ ތަހުގީގަކާ ގުޅިގެން އެ ކޮމިޝަނާ އެކު ފުލުހުން އެގްރިކަލްޗާ މިނިސްޓްރީގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީގައި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެންނެވެ.
އެމިނިސްޓްރީ ގައި މަސައްކަތް ކުރަމުން އަންނަ މުއައްޒަފުން ބުނި ގޮތުގައި އޭސީސީން އަންނަނީ އެ މިނިސްޓްރީގެ ފައިލްތަކާއި، ރިކޯޑުތައް ބަލަމުންނެވެ.
މިކަމާ ގުޅޭ ގޮތުން މިހާތަނަށް އޭސީސީ އާއި ފުލުހުން ވެސް ރަސްމީ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ދެ މަސް ބޯޓެއް
އައިވަރީ ކޯސްޓް ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެވަނަ ބުރަށް
ޒެންޑޭޔާގެ އަސްލު ނަމަކީ ކޮބާ؟