ކުށްކުރާ ކުޑަކުދިން އިސްލާހުކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމަށް ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ "ހޯޕް އައިލެންޑް" ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން ހޯމް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
ހޯމް މިނިސްޓްރީން ގެޒެޓް ކުރި އިއުލާނެއްގައި ވަނީ އުތުރުތިލަ ފަޅުގައި މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ހުޅުވާލާފަ އެވެ.
މި މަޝްރޫއުގައި އެތަން ތަރައްގީކުރުމަށް ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުން ހިމެނޭއިރު، މިއީ 700 މީހުންގެ ޖާގަޔަށް ހާއްސަކޮށްގެން ތަރައްގީ ކުރާ ތަނެކެވެ.
މިކަމާ ގުޅޭ ގޮތުން މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގޭނެ އެވެ.
ރަސްދެލި ރިސޯޓަށް ބޮޑެތި ތުހުމަތުތަކެއް، އިދާރާތައް ހިމޭނުން!
ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއް، 100 އަށްވުރެ ގިނަ މަރު
އަޔާޑާގެ އެޑްލީސް ވިއްކާލަން އާ އުކުޅުތަކެއް ބޭނުންކުރަނީ