ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް އިކޮ ނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން އެމެރިކާ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައި ވާކަމަށެވެ. އަދި އެއީ އުންމީދު ނުކުރާވަރުގެ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެކުރިން ޑޮލަރު މާރުކުރާ ވަރަށްވުރެ 40 ޕަސެންޓް އިތުރަށް ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެ ސަބަބާ ހެދި ކަޅުބާޒާރު ހީނަރުވާނެ ކަމުގެ ކޮޅުމަތި ފެނުނީ ކަމަށް ސައީދު ވިދާޅުވި އެވެ.
"ހަމަ މިއާއެކު އެމްއެމްއޭގެ އާ ގަވާއިދުގެ ދަށުން ޑޮލަރުގެ އަގު އިތުރަށް ދަށްވެ، ކަޅު ފައިސާގެ ބާޒާރު ކުރިއަށްއޮތްތަނުގައި ހީނަރުވެގެން ދާނެ ކަމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް ފެންނާތީ، އެކަން އެގޮތަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭއިން ވެސް ވަނީ ވިދާޅުވެފަ އިނގޭތޯ." ސައީދު ވިދާޅުވި އެވެ.
ބޭރު ފައިސާ މާރުކުރުމާ ބެހޭ ގާނޫނުގެ ދަށުން ވަނީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރު ކުރުން ލާޒިމްކޮށްފަ އެވެ.
ސަޢީދޫ، ކަޅުބާޒާރުގައި ޑޮލަރުގެ އަގުދަނީ ދުވަހެއް ދުވަހެއް މައްޗަށް، އަގު ބޮޑުކޮންވެސް ގަންނަން ނުލިބޭ ދުވަސް ގިނައީ....އެންމެ ތަންކޮޅެއްވެސް ހީނަރެއް ނުވޭ.
ރިޕްލައި